Maldives in still mode

ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު, ނެރުއްވައިދެއްވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅު

Posted in Thaana by Mohamed Abdulla Shafeeg on July 4, 2011

بســم اللّـه الرّحمـن الرّحيــم

މުޙަންމަދު ޝަފީޤު، މޯޑް އަދި ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑު ވާހަކަ ފެށުމުގެ ކުރީގައި، މުޙަންމަދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން. މި ފޮތަކީ ނުލިބި އޮތް ފޮތެއްކަމުން އަދި ނުއުފެދި އޮތް އެއްޗެއް ކަމަށްވެގެން، މިކަމުގެ ހިތްބަރުކަމާ އެކީގައި އަޅުގަނޑު ޝަކުވާ ބަންނަތާ ދުވަސްކޮޅެއް ވެއްޖެ. މި ރާއްޖޭގައި ހިނގައި މިދިޔަ މުހިންމު ކަންތަކާ ގުޅޭ ހަމަ އެންމެ ފޮތެއްވެސް، އެކަކަށްވެސް ލިޔެވިފައި ނެތުނީތީވެ. ދެން އަޅުގަނޑު އެއްވެސް ހާލެއްގައި ބޭފުޅުން ދެރަކުރާކަށެއް ނޫން. އެކަމަކު އަޅުގަނޑުމެން ދެމީހުންނަށްވެސް، މުޙަންމަދު އެބަ ސާފުކޮށް އެނގޭ، އެ ރޭޑިޔޯ ޕްރޮގްރާމެއްގެ ފަސޭހަކަމާއި، ޓީ.ވީ ޕްރޮގްރާމެއް، ޗެޓް ޝޯއެއްގެ ފަސޭހަކަން. ދެފަރާތުގައި ކެމެރާ ބަހައްޓާފައި، ހަމަ އިށީނދެ ފަށަނީ. އެހެން ނަމަވެސް، ޙަޤީޤީ ފަންނަކީ އަދިވެސް ހަމަ ގަނޑުގައި ޤަލަމުން ލިޔުން. ޙަޤީޤީ ފަންނަކީ ލިޔުންތެރިކަން. ޙަޤީޤީ ފަންނަކީ ފޮތެއް ލިޔުމަށް ކުރެވޭ މަސައްކަތް. އަދި އެ ބޮޑު މަސައްކަތް، ކާމިޔާބުކަމާ އެކީގައި ގެނެސް، ނިންމާލުމުގެ ހިތްވަރު. (more…)